• މިއަދު މެންދުރުފަހު ދެގަޑި ތިރީސް ހަޔެއްއެހާކަށްހާއިރު ސަލްޓަންޕާކްގެ ތެރޭގައި ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވުމުގެ ސަބަބުން އެވަގުތު އެތާނގައި ތިބި ބާރަ ފަތުރުވެރިއަކަށް އަނިޔާވެއްޖެ. އަނިޔާވި ފަތުރުވެރިންގެ ތެރޭގައި ޖަޕާނުގެ ދެފަތުރުވެރިއަކާއި އިނގިރޭސިވިލާތުގެ ދެފަތުރުވެރިންގެ އިތުރުން ޗައިނާގެ އަށް ފަތުރުވެރިން ހިމެނޭ.
މިއަދު މެންދުރުފަހު ދެގަޑި ތިރީސް ހަޔެއްއެހާކަށްހާއިރު ސަލްޓަންޕާކްގެ ތެރޭގައި ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވުމުގެ ސަބަބުން އެވަގުތު އެތާނގައި ތިބި ބާރަ ފަތުރުވެރިއަކަށް އަނިޔާވެއްޖެ. އަނިޔާވި ފަތުރުވެރިންގެ ތެރޭގައި ޖަޕާނުގެ ދެފަތުރުވެރިއަކާއި އިނގިރޭސިވިލާތުގެ ދެފަތުރުވެރިންގެ އިތުރުން ޗައިނާގެ އަށް ފަތުރުވެރިން ހިމެނޭ. މީގެތެރެއިން އިނގިރޭސިވިލާތުގެ ދެފަތުރުވެރިންނަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި މިހާރު އެދެމީހުންގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް އޭޑީކޭ ހޮސްޕިޓަލުން މަޢްލޫމާތު ދިން. އަދި ޖަޕާނުގެ ދެފަތުރުވެރިންވެސް ޒަޚަމްވެފައިވާތީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް މަޢްލޫމާތު ދިން. މިޙާދިސާގައި ޒަޚަމްވި ޗައިނާގެ އަށް ފަތުރުވެރިންނަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން. މިޙާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ގެންދަވަނީ މިހާދިސާ ތަޙްޤީޤްކުރައްވަމުން. މިޙާދިސާއާ ގުޅޭ ތަޙުޤީޤަށް ބޭނުންކުރެވޭފަދަ އެއްވެސް އެއްޗެއް ފެނިއްޖެނަމަ ވީހާ އަވަހަކަށް އެމައްލޫމާތެއް ފުލުހުންނަށް ދިނުމަށް ޕޮލިސް ސަރވިސުން އެދިވަޑައިގަންނަވާ. އަދި ވީޑިއޯ ނުވަތަ ފޮޓޯ ލިބިފައިވާ ފަރާތެއްވާނަމަ ވީހާ އަވަހަކަށް ފުލުހުންނަށް އެވިޑިއޯއެއް ދިނުމަށާއި އަދި މިއަދު ސަލްޓަންޕާކަށް ޒިޔާރަތްކުރި ފަތުރުވެރިއަކުވެސް މިޙާދިސާއާ ގުޅުން ހުރި ކަމަށް ބެލެވޭ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ގެންގުޅޭނަމަ ރިސޯޓްތަކުންވެސް ފުލުހުންނަށް އެންގުމަށް އެފަރާތުން އެދިވަޑައިގަންނަވާ. އަދި މިމަޢްލޫމާތުތައް ކްރައިމް އަންޑަރސްކޯރ އިންޓެލް އެޓް ޕޮލިސް ޑޮޓް ޖީއޯވީ ޑޮޓް އެމްވީއަށް ފޮނުއްވުމަށް އެފަރާތުން އެދިވަޑައިގަންނަވާ.
Saturday, September 29, 2007
Subscribe to:
Posts (Atom)